ލޭބަރރިލޭޝަންސް އޮތޯރިޓީގެ ޓީމެއް އަތޮޅުކައުންސިލާއި ބައްދަލުކުރައްވައިފި
ލޭބަރ ރިލޭޝަންސް އޮތޯރިޓީގެ ޓީމެއް ވިލިނގިއްޔަށް ވަޑައިގެން މިއަދު ( 20 ފެބްރުއަރީ 2025 ގައި ) އަތޮޅުކައުންސިލްގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައިފި. ޓީމުގެ ބޭފުޅުން ވިލިނގިއްޔަށް ވަޑައިގެންނެވީ އަތޮޅުކައުންސިލް އިމާރާތުގައި އެ އޮތޯރިޓީން ހިންގަވަމުންގެންދަވާ އޮފހުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާ ކުރިޔަށް ރޭވިފައިވާ ކަންތައްތަކާއިމެދު މަޝްވަރާ ކުރެއްވުމަށެވެ. ޓީމުގެ ބޭފުޅުންނާއިއެކު ބޭއްވުނު މިބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން އާއި ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް މުޙައްމަދު ފަތުހީ އާއި ، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް މުޙައްމަދު ޙަސަން ބައިވެރިވެ ވަޑައިގެންނެވި


