ޚަބަރު

މޯލްޑިވްސް އެކްސްޕޯ 2025 ގެ ދަޢުވަތު ވިލިނގިލީ ކައުންސިލާއި ހަވާލުކުރުމަށް ޚާއްޞަ ޙަރަކާތެއް ބާއްވައިފި

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް އަދި ބިޒްނަސް ސެންޓަރ ކޯޕްރޭޝަން ގުޅިގެން ހިންގަން ހަމަޖެހިފައިވާ ” ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 – މޯލްޑިވްސް އެކްސްޕޯ 2025 ” ގެ ދައުވަތުގެ ފަތްކޮޅު މިއަތޮޅުގެ ރަށްރަށަށް ރައްދުކުރުމަށް ހިންގާ ކުރިޔަށްގެންދާ ” ބިލެތާ ދިއުން ” ޙަރަކާތުގެ ތެރެއިން ވިލިނގިލީ ކައުންސިލަށް މޯލްޑިވްސް އެކްސްޕޯ 2025 ގެ ދައުވަތު ގއ. ވިލިނގިލީ ކައުންސިލާއި ރަސްމީކޮށް މިއަދު ހަވާލުކޮށްފި. ” ބިލަތާ ދިއުން ” މިހަރަކާތުގައި ވިލިނގިލީ ކައުންސިލަށް ދަޢުވަތު ހަވާލުކޮށްދެއްވީ ގއ. އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން . މި ދައުވަތު ވިލިނގިލީ ކައުންސިލުން ހަވާލުވެ ލެއްވީ ވިލިނގިލީ ކައުންސިލްގެ ރައީސް އަލްފާޟިލް ވިޝާލް މުޙައްމަދު. ދިވެހި ސަގާފީ ހެދުމުގައި 08 އެޕްރީލް 2025 ވަނަ ދުވަހު ކުރިޔަށްގެންދެވުނު މިހަރަކާތުގައި އަތޮޅު ކައުންސިލްގެ ހުރިހާ މުވައްޒަފުން ބައިވެރިވެ ލެއްވި. މޯލްޑިވްސް އެކްސްޕޯ  2025 ގެ ދަޢުވަތު މިއަތޮޅުގެ ހުރިހާ ރަށަކަށް ހަވާލުކުރުމަށްވަނީ ހަމަޖެހިފަ.