ޚަބަރު

ބޮޑެއީދަށް ވިލިނގިއްލެން ތައްޔާރެ ކެރަމުން އެޔަނެ އީދެ މަޅިޔާ ހަދަނެ މީހެންނަށް ދެކުމަކާއިގެން އެބެގެޔާ

ބޮޑެއީދަން ވިލިނގިއްލެން ތައްޔާރެކެރަމުން އެޔަނެ އީދެ މަޅިޔާ ހަދަނެ ކުއްދުނަން ހިއްވަރެ ދިނުމުގެ ގޮތުން އަތޮޅުކައުންސިލު މުވައްޒަފުނެ އިސްނަގައިގެން އަދެ ( 01 ޖޫން 2025 ) ހަވީރެ ދެކުމަކާއިގެން އެބަގެޔާ . މި ހަރަކާތޭ ކައުންސިލުގެ ރައިސުއާއި ތެއްޔަހައި މުވައްޒަފުނެ ބައިވެރިވިޔާ . ދެކުމާއިގެން ގިޔެ މުވައްޒަފުންނަން އީދެ މަޅިޔާ ހަދަމުން އެޔަނެ ސަރަހައްދުން މަރުހަބާކޫ ވިލިނގިއްލޭ ކައުންސިލަރު އިބްރާހީމް ރަޝީދު އާއި އިންޖޭނެގޭ އިސް މުވައްޒަފުނެ. މި އީދެ މަޅިޔާ ހެދުމުގައި ކުރިއޭ އަހަރާއި އެއްގޮތަން މިއަހަރެސް އިސްކޮން ހަރަކާތްތެރިވެމުން އެޔަންނު ވިލިނގިއްލޭ އިދާރާތަކުގެ މުވައްޒަފުންނާއި ވިލިނގިއްލޭ އަވަޓުތަކުގެ އިސްމީހިނެ. މި އެނެ ބޮޑެއީދޭ ވިލިނގިއްލޭ ތަފާތެ ގިނެ ކުޅިވަރެ ހަރަކާތެ ކުރިޔަން އެރަނެގޮތަން ވެންނު ހަމަޖެހީގޮހޮ . މީގެ އިތިއްރަން ވަރެގަދެ މަހަ ރޭހަކަސް ބާއްވަތާ . ބޮޑެއީދާން ވިލިނގިއްލޭ ކައުންސިލުން ބައިވަރެ ހަރަކާތެ ވެންނޫ ރާވަހަ. އަދި ރޭވީ ކަންކަން އީދެ ދޮފާން ތަންފީޒެ ކެރަންނަން ކެރަންވެނެ ކަންކަން ކެރުމުގައި ވަރަން ގިނަ ބައިކަނެ އެޔަންނު މަސައްކަތެ ކެރަމުން.