ޚަބަރު

އުތުރުހުވަދޫ ޤުރުއާންމުބާރާތް ނިމިއްޖެ

މިމަހުގެ 21 އިން 23 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ އުތުރުހުވަދޫ ޤުރުއާންމުބާރާތް 23 ޖުލައި 2025 ދުވަހުގެ ރޭ ނިމިއްޖެ. އަތޮޅުކައުންސިލް އުފެދުނީއްސުރެ ކޮންމެ އަހަރަކު ރަށްރަށުގެ ސްކޫލް މަދަރުސާތަކަށ ހުޅުވާލައިގެން ބާއްވަމުން ގެންދާ މި މުބާރާތް ބޭއްވުމުގެ މަގްޞަދަކީގއ. އަތޮޅުގެ ސްކޫލް މަދަރުސާތަކުން ތައުލީމް ހާޞިލް ކުރަމުންދާ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމަށާއި ، ކީރިތި ޤުރްއާން ތަރުތީލްކޮށް ރީއްޗަށް ކިޔަވަން އެނގޭ ދަރިވަރުންތަކެއް އުފެއްދުމާއި ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި ތަޖުވީދުގެ މަގަށް ޤުރުއާން ކިޔެވުމަށާއި ، ކީރިތި ޤުރުއާނުގެ ޢިލްމް އުނގެނުމަށާއި ، އުނގަންނައި ދިނުމުގެ ރޮނގުން ކުރިޔަށް ދިއުމަށް ހިތްވަރު ދިނުމަށާއި ، ކީރިތި ޤުރުއާން ކިޔެވުމުގެ މައިދާނުގައި ގއ. އަތޮޅު ސްކޫލް މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއި ، ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް ފެތުރުމަށް މަސައްކަތް ކުރުމާއި ކީރިތި ޤުރުއާން ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމުގެ މަގްޞަދުގައި ބޭއްވުނު މުބާރާތެކެވެ.

މިއަތޮޅުގެ ހުރިހާ ރަށަކުން ޖުމްލަ 75 ދަރިވަރުން ބައިވެރިވާ މި މުބާރާތުގައި އަމަލުކުރަމުންދާނީ އަތޮޅުކައުންސިލުން އެކުލަވާލާފައިވާ މުބާރާތުގެ ޤަވައިދާޢި ، ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ނެރުއްވާފައިވާ 37 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ ޤަވައިދާއި އެއްގޮތަށެވެ.

23 ޖުލައި 2025 ދުވަހުގެ ރޭ ގއ. އަތޮޅުތައުލީމީ މަރުކަޒުގައި ބޭއްވުނު މިމުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ނަޒްލީން ނަޖީބެވެ. މި މުބާރާތުގެ ހިތުން ކިޔެވުމުގެ ބައިން 1 ވަނަ ހޯދީ ގއ. މާމެންދޫ ސްކޫލްގެ މަރިޔަމް މިޝްކާ އާސިމެވެ. 2 ވަނަ ހޯދީ ގއ. އަތޮޅުތައުލީމީ މަރުކަޒުގެ ދަރިވަރު އާއިޝަތު ނޯޔާ އަޙްމަދު ރަޝީދެވެ. 3 ވަނަ އަށް ދަރިވަރަކު ހޮވިފައި ނުވެއެވެ. މުބާރާތުގެ ބަލައިގެން ކިޔެވުމު 1 ވަނަ ހޯދީ ގއ. މާމެންދޫ ސްކޫލްގެ ދަރިވަރު މަރިޔަމް ސަދާ ސައީދެވެ. 2 ވަނަ ހޯދީ ގއ. ކަނޑުހުޅުދޫ ސްކޫލްގެ ދަރިވަރު އާމިނަތު ރައުހާ އަބްދުއްރާޒިގެވެ. 3 ވަނަ ހޯދީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު އިބްރާހީމް ޝަނާނު އަޙްމަދެވެ.

ސްކޫލްތަކުގެ ބައިން ހިތުން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދީ ގއ. ކަނޑުހުޅުދޫ ސްކޫލެވެ. 2 ވަނަ ހޯދީ ގއ. މާމެންދޫ ސްކޫލެވެ. މިބައިން 3 ވަނަ ހޯދީ ގއ. އަތޮޅު ތައުލީމީ މަރުކަޒެވެ. މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ހޯދީ ގއ. އަތޮޅޫތައުލީމީ މަރުކަޒެވެ. 2 ވަނަ ހޯދީ ގއ. ދާންދޫ ސްކޫލެވެ. 3 ހޯދީ ގއ. މާމެންދޫ ސްކޫލެވެ. އިނާމުގެ ދިނުމުގެ ރަސްމިއްޔާތުގައި ވިލިނގިލީ ގެ ސެކްޓަރ ތަކުގެ ވެރިންނާއި މުބާރާތުގައި ބައިވެރިވި ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވޭ.

ގައުމީ ޤުރުއާން މުބާރާތަށް ހޮވުނު ދަރިވަރުން