ޚަބަރު

ތަޖުރިބާ ދަތުރެއްގައި ހދ. ނޮޅިވަރަމް ކައުންސިލުން އަތޮޅުކައުންސިލަށް ޒިޔާރަތްކުރައްވައިފި

ހދ. ނޮޅިވަރަމް ކައުންސިލްގެ މުވައްޒަފުން ގއ. އަތޮޅަށް ކުރައްވަމުންގެންދަވާ ތަޖުރިބާ ދަތުރުގައި 20 ސެޕްޓެމްބަރ 2025 ގއި ވިލިނގިއްޔަށް ވަޑައިގެން މިއަދު އަތޮޅުކައުންސިލަށް ޒިޔާރަތްކުރައްވައިފި. ނޮޅިވަރަމް ކައުންސިލްގެ ބޭފުޅުންނަށް ވިލިނގިލިން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ. ނޮޅިވަރަމް ކައުންސިލުން މިކައުންސިލަށް ކުރެއްވި ޒިޔާރަތުގައި ކައުންސިލްގެ މަސައްކަތްތައް ހިނގަމުންދާގޮތާއި ، ހިންގަމުންދާ ޕްރޮޖެކްޓް ތަކާއި ޕްރޮކިޔުމެންޓް ޕްރޮސެސް ކުރަމުންދާގޮތުގެ މައުލޫމާތު ހޯއްދަވާ ކައުންސިލްތަކަށް އެހީތެރިވަމުންދާ ދާއިރާތަކާއި ކަމާއި ގުޅުންހުރި މައުލޫމާތުތައް ހޯއްދަވާފައިވޭ. ނޮޅިވަރަމް ކައުންސިލާއިއެކު ކައުންސިލްގެ ޓްރެއިނިންގ ހޯލުގައި ބޭއްވުނު ބައްދަލުވުމުގައި ގއ. އަތޮޅާއިބެހޭ ގޮތުން އަތޮޅުކައުންސިލުން ތައްޔާރުކޮށްފައިވާ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ގެނެސްދެވިފައިވޭ. މިބައްދަލުވުމުގައި ނޮޅިވަރަމް ކައުންސިލުން ކުރެއްވި މި ޒިޔާރަތާއި ގުޅިގެން އަތޮޅުކައުންސިލްގެ ފަރާތުން ނޮޅިވަރަމް ކައުންސިލަށް ހަނދާނީ ފިލައެއް އެރުވިފައިވެއެވެ. އަތޮޅުކައުންސިލުން މި ފިލާ އެރުވީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން . ނޮޅވަރަމް ކައުންސިލްގެ ފަރާތުން ފިލައާއި ހަވާލުވެ ވަޑައިގަތީ ނޮޅިވަރަމު ކައުންސިލްގެ ރައީސް އަލްފާޟިލް ޔޫސުފް މޫސާ . 12 މުވައްޒަފުންނާއިއެކު ނޮޅިވަރަމް ކައުންސިލުން މިއަތޮޅަށް ކުރައްވަމުންގެންދަވާ ތަޖުރިބާ ދަތުރުގައި މިއަތޮޅުގެ 4 ރަށަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފަ.