ޚަބަރު

ޖޮއިންޓް އެޖެންސީ ވޯކިން ޕްލޭން ފޯރަމް ނިމިއްޖެ

މިކައުންސިލާއި ގއ. އަތޮޅު ޕޮލިސްސްޓޭޝަން ގުޅިގެން 23 ސެޕްޓެމްބަރ 2025 ގައި ޖޮއިންޓް އެޖެންސީ ވޯކިން ޕްލޭން ފޯރަމްގެ ނަމުގައި ޚާއްޞަ ފޯރަމެއް ވަނީ ބޭއްވިފަ. ގއ. އަތޮޅުގެ ހުރިހާ ސެކްޓަރ ތަކަށާއި ރަށްރަށުގައި މަސައްކަތް ކުރައްވާ ފުލުހުންނަށް އަމާޒްކޮށް އެކި ދާއިރާތަކުގެ މެދުގައި ގުޅުން ބަދަހިކޮށް އެކުގައި މަސައްކަތްކުރުމުގެ ރޫޙް އާލާކުރުމުގެ މަގްޞަދުގައި އެއް ދުވަހުގެ މުއްދަތަށް ބޭއްވުނު ކާމިޔާބު  މިފޯރަމްގައި މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅިގެން ކަންކަން ހައްލުކުރުމުގެ މުހިއްމުކަމާއިމެދު ވާހަކަދެކެވިފައިވޭ.

މިފޯރަމް ގެ ފަށުމާއި ނިންމުމުގެ ރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން އާއި ޕޮލިސް އަތޮޅު ކޮމާންޑަރގެ އިތުރުން ރަށްރަށުގެ ހުރިހާ ކައުންސިލްތަކުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވޭ.