ޚަބަރު

ގއ. އަތޮޅުގައި ޕާސްޕޯޓްގެ ޚިދްމަތް އިފްތިތާޙް ކޮށްފި

ގއ. އަތޮޅުގެ ރައްޔިތުންނަށް އަތޮޅުގައި ތިބެގެން މިހާރަށްވުރެ ފަސޭހައިން  ޕާސްޕޯޓްގެ ޚިދްމަތް ލިބޭނެ ގޮތް ހެދުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާއި ، ގއ. އަތޮޅުކައުންސިލް ގުޅިގެން ގާއިމްކުރި މޯލްޑިވްސް އިމިގްރޭޝަން ގއ. އަތޮޅު ވިލިނގިލި އޮފީސް  ހުޅުވާ ފާސްޕޯޓުގެ ޚިދްމަތް 3 އޮކްޓޯބަރ 2025 ދުވަހުގެ ރޭ އިފްތިތާޙް ކޮށްފި . މި ޚިދްމަތް އިފްތިތާޙް ކޮށްދެއްވީ މޯލްޑިވްސް އިމިގްރޭޝަންގެ ޒިންމާދާރު ވެރިޔާ އަލްފާޟިލާ ފާޠިމަތު ލަޠީފާ . ގއ. އަތޮޅުގައި ޕާސްޕޯޓްގެ  ޚިދްމަތް އިފްތިތާޙް ކުރުމަށް އަތޮޅުކައުންސިލްގެ ޓްރެއިނިންގ ހޯލްގައި  ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވިލިނގިލީ ކައުންސިލްގެ ރައީސް އަލްފާޟިލް ވިޝާލް މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ގއ. އަތޮޅުން ޕާސްޕޯޓްގެ ޚިދްމަތް ލިބިގެން ދިއުމަކީ އެތައްދުވަހެއްވަންދެން ކުރި އުއްމީދެއްކަމަށާއި ، މިޚިދްމަތް އަތޮޅުން ލިބޭނެ ގޮތް ހަމަޖެހިގެން ދިއުމަކީ ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ. ޕާސްޕޯޓް ޚިދްމަތް އިފްތިތާޙް ކުރުމަށް ބޭއްވުނު މިރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން އާއި ގއ.  ވިލިނގިލީގެ ސެކްޓަރ ތަކުގެ ވެރިންނާއި މުވައްޒަފުންގެ އިތުރަށް މޯލްޑިވްސް އިމިގްރޭޝަންގެ އިސްބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި.