އަތޮޅުކައުންސިލްގެ ވަފުދުން އިސްލާމިކް މިނިސްޓްރީ އާއި ބައްދަލުކުރައްވައިފި
ގއ. އަތޮޅުގައި ހިނގަމުންދާ ތަރައްގީގެ މަސައްކަތްތަކާއި ޕްރޮޖެކްޓްތައް ހިންގުމުގައި ދިމާވެފައިވާ ދަތިތަކާއި އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށް އެކަންކަމުގެ މައުލޫމާތު ހިއްސާކޮށް އެހީތެރިކަން ހޯދުމަށް މާލެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި އެކު 30 ސެޕްޓެމްބަރ 2025 ގައި ބައްދަވުމެއް ބާއްވައިފި. މިބައްދަލުވުމުގައި ގއ. އަތޮޅުގެ މިސްކިތްތަކުގެ ކަރަންޓަށް ކުރަމުންދާ ހޭދަ ކުޑަކޮށް އަތޮޅުގެ ހުރިހާ މިސްކިތެއްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ސޯލާ ޕްރޮޖެކްޓެއް ހިންގުމާއިބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވިފައިވޭ. މިބައްދަލުވުމުގައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި. މިބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީންގެ އިތުރުން ކައުންސިލްގެ ނާއިބްރައީސް އަދި ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ނާސިޙް އިބްރާހީމާއި ، މާމެންދޫ ކައުންސިލްގެ ރައީސް އަޙްމަދު އަޒީޒާއި ، ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފާއި އަތޮޅުކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް މުޙައްމަދު ފަތުހީ.



