ޚަބަރު

އުތުރުހުވަދޫ ފަންނު އެކްސްޕޯ 2025 ގެ ނަމުގައި އެކްސްޕޯ އެއް ބާއްވައިފި

މިއަތޮޅުގެ ރަށްރަށުގައި ތިބި މަސައްކަތްތެރިންގެ ހުނަރުތައް ދައްކާލުމާއި ، މަސައްކަތްތެރިކަން ކުރިއަރުވާ ތަރައްގީކޮށް މަސައްކަތްތެރިކަމުގެ އެކިދާއިރާތަކުން ފަންނުވެރިން އުފައްދަން ބާރުއަޅާ މަސައްކަތްތެރިން އުފައްދާ ތަކެއްޗަށް މާކެޓް ހޯދުމުގެ ފުރުޞަތުތައް ފަހިކޮށް ޒުވާން ޖީލު މަސައްކަތްތެރިކަމަށް ޝައުގުވެރި ކުރުވުމުގެ މަގްޞަދުގައި  އުތުރު ހުވަދޫ ފަންނު އެކްސްޕޯ ގެ ނަމުގައި ގއ. ވިލިނގިލީގައި 22 ނޮވެމްބަރ 2025 ގައި އެކްސްޕޯ އެއް ބާއްވައިފި.

މިއެކްސްޕޯ އަކީ ގއ. އަތޮޅުކައުންސިލާއި، ގއ. ވިލިނގިލި ކައުންސިލާއި ، ވިލިނގިލީ ޕޮލިޓެކްނިކާއި ، އަދި ވިލިނގިލީ ބިޒްނަސް ސެންޓަރ ގުޅިގެން ބޭއްވުނު އެކްސްޕޯއެއް. މި އެކްސްޕޯގައި 11 ސްޓޯލް ބެހެއްޓިފައިވޭ. މި އެކްސްޕޯ ހުޅުއްވައި ދެއްވީ ގއ. އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން . މި އެކްސްޕޯއަށް އާންމުގެ ވަރަށްބޮޑު ތަރުހީބެއް ލިބިފައިވޭ