ޚަބަރު

މިނިސްޓަރ އޮފް ސިޓީސް ލޯކަލްގަވަރމެންޓް އެންޑް ޕަބްލިކް ވާރކްސް އާއި ބައްދަލުކުރުން

އަތޮޅުކައުންސިލްގެ ވަފުދުން މިހާރު މާލެއަށް ކުރަމުންދާ ދަތުރުގައި މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯރކްސް އޮނަރަބްލ އާދަމް ޝަރީފް އުމަރާއި 25 ނޮވެމްބަރ 2025 ގައި ބައްދަލުކުރައްވައިފި . މި ބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ވަފުދުގެ އިސްބޭފުޅަކަށް ހުންނެވީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން އެވެ. ރައީސްގެ އިތުރުން މި ބައްދަލުވުމުގައި ވިލިނފިލީ ކައުންސިލްގެ ރައީސް އަލްފާޟިލް ވިޝާލް މުޙައްމަދާއި ، މާމެންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު އަޒީޒާއި ދާންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އާސިފާއި އަތޮޅުކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް މުޙައްމަދު ހަސަން ބައިވެރިވެ ވަޑައިގެންނެވި

މިބައްދަލުވުމުގައި އަތޮޅުކައުންސިލްތައް އުވާލުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާޙް ގެނައުމަށް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި ކައުންސިލްގެ މުވައްޒަފުންގެ ވަޒީފާ އާއި އަދި އަތޮޅުކައުންސިލްގެ ބެލުމުގެ ދަށުގައިހުރި މުދަލާއި ތަކެއްޗަށް ވާނެ ގޮތާއި މިކަމާއިގުޅިގެން އުފެދިފައިހުރި ކަންބޮޑުވުންތައް މިނިސްޓަރާއި ހިއްސާކުރެވިފައިވޭ. މިބައްދަލުވުމުގައި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވާފައިވޭ