ޚަބަރު

އަތޮޅުކައުންސިލާއި ، ސްޓޭޓްހައުސްގެ އޭސީ މަރާމާތުކޮށް ބެލެހެއްޓުން ބަޔަކާއި ހަވާލުކުރުން

ގއ. އަތޮޅުކައުންސިލާއި ، ސްޓޭޓްހައުސްގައި ބޭނުންކުރަމުންދާ އެއަރކޮންޑިޝަންތައް އައުޓްސޯސް ކޮށް ބަލަހައްޓާނެ ބަޔަކު ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މިމަސައްކަތަށް އެންމެ ރަގަޅު އަންދާސީ ހިސާބް ހުށަހެޅުއްވި ކޫލް އެކްސްޕްރެސް އާއި މިމަސައްކަތް 1 އަހަރު ދުވަހަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި 1 ޑިސެމްބަރ 2025 ގައި  ވަނީ ސޮއި ކުރެވިފައި  . މި އެއްބަސްވުމުގައި އަތޮޅުކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން . ކޫލްއެކްސްޕްރެސްގެ ފަރާތުން ސޮއިކުރެއްވީ ކޫލް އެކްސްޕްރެސްގެ ސީއީއޯ އަލްފާޟިލް މުޙައްމަދު ޖަވާދު.