ގއ. އަތޮޅާއި ބެހޭ ޚާއްޞަ ފޮތެއް ތައްޔާރުކުރުމަށް އަލިމަސް އިންސްޓިއުޓާއި ޙަވާލުކުރުން
ހުވަދުއަތޮޅު އުތުރުބުރީގެ ތަރައްޤީގެ ދުވެލި މި ނަމުގައި ގއ. އަތޮޅާއި ބެހޭ ޚާއްޞަ ފޮތެއް ތައްޔާރު ކުރުމަށްޓަކައި އަލިމަސް އިންސްޓިއުޓާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކުރެވިއްޖެ. އަތޮޅު ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން އެވެ. އަލިމަސް އިންސްޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ އަލިމަސް އިންސްޓިއުޓްގެ ވެރިޔާ އަލްފާޟިލް އަޝްރަފް އަލީ އެވެ. ހުވަދުއަތޮޅު އުތުރުބުރީގެ ތަރައްގީގެ ދުވެލި މި ނަމުގައި ތައްޔާރު ކުރެވޭ މި ފޮތުގައި އަތޮޅާއި ބެހޭ ތާރީޚީ މައުލޫމާތު ތަކާއި ގއ. އަތޮޅު އުފެދުނީއްސުރެ ހިނގާފައިވާ މުހިއްމު ހާދިސާ ތަކާއި އަދި ކައުންސިލްތައް އުފެދުނު ފަހުން ކުރެވިފައިވާ މުހިއްމު މަސައްކަތްތަކާއި ބެހޭ މައުލޫމާތު ހިމެނުމަށް ވަނީ ހަމަޖެހިފަ.
ފޮތް އެކުލަވާލުމާއި ބެހޭ އެގްރިމެންޓުގައި ސޮއި ކުރުމަށް މިއަދު މާގިރި ހޮޓަލުގައި ބޭއްވުނު ރަސްމިއްޔާތުގައި އަލިމަސް އިންސްޓިއުޓުގެ ފަރާތުން ޑރ މުޙައްމަދު ޞާލިހާއި ، އަތޮޅު ކައުންސިލްގެ ފަރާތުން އ. ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް މުޙައްމަދު ޙަސަން ބައިވެރިވެ ވަޑައިގެންނެވި.

