ޚަބަރު

ގއ. ވިލިނގިލީ ކައުންސިލްގެ އިންޓަރނަލް އޮޑިޓް ނިންމުމުގެ ބައްދަލުވުން ބާއްވައިފި

ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ އިންޓަރނަލް އޮޑިޓް ޓީމާއި ރަށްރަށުގެ ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތްތައް ކުރުމަށް އަތޮޅުކައުންސިލުން އައްޔަންކުރެވިފައިވާ ޓީމް ހިމެނޭގޮތަށް އޮޑިޓް ޓީމުން ވިލިނގިލީ ކައުންސިލްގައި ފެށި އިންޓަރނަލް އޮޑިޓް ނިންމާ އޮޑިޓަށް ފާހަގަކުރެވުނު ކަންކަން ކައުންސިލާއި ހިއްސާކުރުމުގެ ބައްދަލުވުން 15 އޮކްޓޯބަރ 2024 ދުވަހުގެ ރޭ ވިލިނގިލީ ކައުންސިލްގައިވަނީ ބާއްވާފަ.

މިބައްދަލުވުމުގައި އޮޑިޓް ޓީމުގެ ބޭފުޅުންގެ އިތުރުން ވިލިނގިލީ ކައުންސިލްގެ ރައީސް އަދި ނާއިބްރައީސް އާއި ބައެއް މެމްބަރުންގެ އިތުރުން ވިލިނގިލީ ކައުންސިލްގެ ސީނިއަރމެނޭޖްމެންޓްގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފަ. މީގެ އިތުރުން މިބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް މުޙައްމަދު ފަތުހީ ވެސް ބައިވެރިވެ ވަޑައިގެންފައިވޭ.

އެލްޖީއޭގެ އޮޑިޓް ޓީމާއިއެކު ހަރަކާތްތެރިވި އަތޮޅުކައުންސިލްގެ އޮޑިޓް ޓީމުން އަތޮޅުގެ ރަށްރަށުގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ތައްޔާރުވަމުންދާކަމަށް މިބައްދަލުވުމުގައި އޮޑިޓް ޓީމުން ވަނީ ވިދާޅުވެފަ.