ޚަބަރު

އަތޮޅުކައުންސިލްގެ ވަފުދުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައިފި

ގއ. އަތޮޅުކައުންސިލްގެ ފަރާތުން މިވަގުތު މާލޭގައި ހަރަކާތްތެރިވަމުންދާ ޓީމުގެ ފަރާތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އިސްބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފި. މިބައްދަލުވުމުގައި RTL ފެރީގެ ޝެޑިއުލް ހެދިފައިވާގޮތުން ހުރިކަންބޮޑުވުންތައް ހިއްސާކޮށް ފެރީ މެދުވެރިކޮށް އައިޑެންޓިޓީކާޑު ރަށްރަށަށް ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވޭ.

މީގެ އިތުރުން ކޫއްޑޫ އެއަރޕޯޓް މަރާމާތު ކުރުމަށް ބަންދުކުރެވިފައިވާ މަރާމާތު ކުރުމަށް ކުރެވެމުންދާ މަސައްކަތް ހަލުއިކުރުމަށް ބާރުއަޅުއްވައި ދެއްވުމަށާއި އެއަރޕޯޓްގެ ޚިދްމަތްތައް މިހާރަށްވުރެ ރަގަޅުކުރުމާއި ބެހޭގޮތު

ން ވާހަކަ ދެކެވިފައިވެއެވެ. .