ފިއުޗަރ ރެޑީ – ކައުންސިލް ގެ ނަމުގައިހިންގި ޓްރެއިނިން ޕްރޮގްރާމް ނިމިއްޖެ
އަތޮޅުކައުންސިލުން އިސްނަގައިގެން ގއ. ރަށްރަށުގެ ކައުންސިލްތަކާއި ، ވިލިނގިލީގެ ސެކްޓަރ ތަކާއި ، އަތޮޅުކައުންސިލްގެ މުވައްޒަފުންނަށް އަމާޒްކޮށް 18 ސެޕްޓެމްބަރ 2025 ގައި ގއ. ވިލިނގިލީގައި ފެށި ފިއުޗަރ ރެޑީ – ކައުންސިލްގެ ނަމުގައި ޓްރެއިނިން ޕޮރްގްރާމް މިއަދު ނިމިއްޖެ. ލީޑް އެޖާއި ގުޅިގެން ހިންގި މި ތަމްރީން ޕޮރްގްރާމުގައި ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލާއި ، ވިލިނގިލީގެ ބައެއް ސެކްޓަރ ތަކުން ބައިވެރިވި 30 މުވައްޒަފުން ވަނީ ޕޮރްގްރާމް ފުރިހަމަކުރައްވާފަ .
ގއ. އަތޮޅުކައުންސިލްގެ ޓްރެއިނިންގ ހޯލުގައި ބޭއްވި މިތަމްރީން ޕޮރްގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އަތޮޅުކައުންސިލްގެ ނާއިބްރައީސް އަދި ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ނާސިޙް އިބްރާހީމް . މިރަސްމިއްޔާތުގައި ނާއިބްރައީސްގެ އިތުރުން އަތޮޅުކައުންސިލްގެ މެމްބަރ އަދި ދާންދޫ ކައުންސިލްގެ ރައީސް އާއި ، ވިލިނގިލީ ކައުންސިލް މެމްބަރ ޝަބީބާ ޙަސަން ބައިވެރިވެލެއްވި. ނިންމުމުގެ ރަސްމިއްޔާތުގައި ނާއިބްރައީސް ދެއްކެވި ވާހަކަފުޅުގައި މި ތަމްރީން ޕޮރްގްރާމުގެ މުހިއްމުކަން ފާހަގަކޮށް ލިބުނު މައުލޫމާތުގެ އަލީގައި ކައުންސިލްތަކުގެ މަސައްކަތްތައް އިތުރަށް ހަލުއިކުރުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކޮށްދެއްވުމަށް އެދި ވަޑައިގެންނެވި. އަތޮޅުކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ މަރިޔަމް ވުޝާނާ ތައާރަފްކޮށްދެއްވި މިރަސްމިއްޔާތުގައި ބައިވެރިންގެ ފަރާތުން ވާހަކަ ދެއްކެވީ ގއ.ދާންދޫ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ އަލްފާޟިލާ ފާޠިމަތު ނައުޝީން އިބްރާހީމް.









