ޚަބަރު

ގއ. އަތޮޅު ސްޓޭޓްހައުސްގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށްޓަކައި ސޯލާ ހަރުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެވިއްޖެ

ގއ. އަތޮޅު ސްޓޭޓްހައުސްގައި ބޭނުންކުރާ ކަރަންޓް އިއާދަކުރަނިވި ހަކަތަޔަށް ބަދަލުކުރުމަށްޓަކައި ސޯލާ ހަރުކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅިގެން ހުށަހެޅުނު ބިޑްތައް އިވެލުއޭޓްކޮށް ބިޑް ކާމިޔާބު ކުރި އާނިރު އިންވެސްޓްމެންޓާއިއެކު މަސައްކަތު އެއްބަސްވުމުގައި 15 ޖުލައި 2024 ގައި ސޮއިކުރެވިއްޖެ.

އެއްބަސްވުމުގައި ސޮއިކުރުމަށް އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭޢްވުނު ރަސްމިއްޔާތުގައި އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހިމް ޝަހީނެވެ. އާނިރު އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އަކުރަމެވެ. 210500.00 ރުފިޔާއަށް 40 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަސައްކަތަކީ އަތޮޅު ތަރައްގީގެ ޕްލޭންގައި ހިމެނިފައިވާ އިއާދަކުރަނި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ކަނޑައެޅިފައިވާ ސިޔާސަތާއި އެއްގޮތަށް ކުރެވިގެންދާ މުހިއްމު މަސައްކަތެއްކަން ފާހަގަކޮށްލަން