އަތޮޅުކައުންސިލްގެ ވަފުދުން ތިމާވެށްޓާއިބެހޭ ވުޒާރާ އާއި ބައްދަލުކޮށްފި
އަތޮޅުކައުންސިލްގެ މެމްބަރުން މާލެއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުގައި މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި 27 އޮގަސްޓް 2024 ގައި ބައްދަލުކުރައްވައިފި. މިބައްދަލުކުރެއްވުމުގައި މިނިސްޓްރީގެ ދާއިރާއިން ރަށްރަށުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ، ކުނި މެނޭޖްކުރުމުގެ މައްސަލަތަކާއި ، ހަކަތައާއި ބެހޭ ކަންތައްތަކުގައި ރަށްރަށުގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް މިނިސްޓަރަށް މައުލޫމާތު ހިއްސާކުރެވިފައިވޭ. އަދި ރަށްރަށުގައި މިނިސްޓްރީގެ މެންޑޭޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ހުއްޓިފައިވާ ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވި އެކަންކަން އަވަހަށް ފެށުމާއިބެހޭގޮތުން ވާހަކަ ދެކެވިފައިވޭ. ޚާއްޞަ ކޮށް ކުނި މެނޭޖްކުރުމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށް ، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ހިންގުން އަވަސްކުރުމާއި ، ރަށްގިރުން ހުއްޓުވުމަށް ކުރެވެންހުރި މަސައްކަތްތަކެއް ލަސްނުކޮށް ފެށުމުގެ މުހިއްމު ކަމުގެ މައްޗަށް ބައްދަލުވުމުގައި ވާހަކަ ދެކެވިފައިވޭ.
މި ބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް
އިބްރާހީމް ޝަހީން . މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޠޯރިގް އިބްރާހީމާއި ، އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވޭ.