ޚަބަރު

އަތޮޅުކައުންސިލްގެ ވަފުދުން ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި ބައްދަލުކޮށްފި

އަތޮޅުކައުންސިލްގެ މެމްބަރުން މާލެއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި 27 އޮގަސްޓް 2024 ގައި ބައްދަލުކުރައްވައިފި. މިބައްދަލުކުރެއްވުމުގައި އަތޮޅުގެ ރަށްރަށުގައި ހިންގަމުންދާ ޕްރޮޖެކްޓްތައް ކުރިޔަށް ގެންދިއުން ހަލުއިކުރުމާއި ހުއްޓިފައިވާ ޕްރޮޖެކްޓްތައް އަލުން ފެށުމަށް ކުރެވެންހުރި ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެވިފައިވޭ . މީގެ އިތުރުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ ފުރިހަމަ މައުލޫމާތު ކައުންސިލްތަކަށް ނުލިބޭތީ އެފަދަ ޕްރޮޖެކްޓްތައް މޮނިޓަރ ކޮށް ބެލެހެއްޓުމުގައި ދިމާވާ ދަތިތައް މިނިސްޓްރީ އާއި ހިއްސާކުރެވިފައިވޭ .

މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައިވޭ . އަތޮޅުކައުންސިލްގެ ފަރާތުން ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީން .