އަތޮޅުކައުންސިލްގެ މުވައްޒަފުން ހއ. އަތޮޅަށް ކުރަމުންދާ ތަޖުރިބާ ދަތުރުގައި އުތީމަށް ޒިޔާރަތްކުރުން
އަތޮޅުކައުންސިލްގެ މުވައްޒަފުން ތަޖުރިބާ ހޯދުމަށްޓަކައި ހއ. އަތޮޅަށް ކުރަމުންދާ ދަތުރުގައި އުތީމަށް މިއަދު ޒިޔާރަތްކޮށްފި. އުތީމުން ކައުންސިލްގެ ޓީމަށް ހޫނު މަރުހަބާއެއް ދަންނަވާފައިވޭ . އުތީމަށް ކުރި މިދަތުރުގައި އުތީމް ކައުންސިލާއިއެކު މިއަދު ބައްދަލުވުމެއް ވަނީ ބާއްވާފަ. މިބައްދަލުވުމުގައި ކައުންސިލް ހިންގަމުންދާ ގޮތާއި ހުރި ދަތިތަކާއި ، ހިންގަމުންދާ ހަރަކާތްތަކުގެ މައުލޫމާތު ހޯދާ މަޝްވަރާކޮށް ދެފަރާތުގެ ދެމެދު މައުލޫމާތު ހިއްސާކުރެވިފައިވެއެވެ. އުތީމް ކައުންސިލްގެ މީޓިންގ ރޫމުގައި ބޭއްވުނު މިބައްދަލުވުމުގައި ހއ. އަތޮޅު ކައުންސިލުން ގއ. އަތޮޅުކައުންސިލަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މިހަނދާނީ ފިލާ އެރުވީ އުތީމް ކައުންސިލްގެ ރައީސް އަލްފާޟިލް ޢަބްދުﷲ ރަޝީދު. އަތޮޅުކައުންސިލްގެ ފަރާތުން ފިލަޔާއި ހަވާލުވީ ނާއިބްރައީސް އަލްފާޟިލް ނާސިޙް އިބްރާހީމެވެ. އުތީމަކީ ރާއްޖޭގެ ތާރީޚުގައި ރަންއަކުރުން ފާހަގަ ވެފައިވާ ދިވެހީންގެ ޤައުމީ ބަޠަލް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޡަމް އުފަންވެވަޑައިގެންނެވި ރަށް . އުތީމް ކައުންސިލާއިއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުމުގައި އެރަށުގައިހުރި އާސާރީ ބިނާތައް ބެލެހެއްޓުމަށް އެކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ޓީމާއި ހިއްސާކުރައްވާފައިވޭ. މިބައްދަލުވުމުގައި އުތީމް ކައުންސިލްގެ ސީނިއަރ ސްޓާފުންގެ އިތުރުން ތަޖުރިބާ ދަތުރުގައި ހިމެނޭ ގއ. އަތޮޅުކައުންސިލްގެ 9 ބޭފުޅުން ބައިވެރިވެ ލައްވާފައިވޭ.